މާރާމާރީ ހިންގި ދެ މައްސަލައަކާ ގުޅިގެން މާލެއިން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ، މޯރާ، ތާއިފް ރަފީގު (26އ) އާއި ގދ. ރަތަފަންދޫ، ސަންރައިސް، އަމްސަލް އަބްދުﷲ (25އ) އާއި ލ. ގަން، ތުނޑި. ރޯސްބަޑް، އަހުމަދު ނީޒާދު (29އ) އާއި ގދ. ތިނަދޫ، ގުލްބަކާގެ، އަބްދުﷲ އިސްރާގު (19އ) އާއި ތ. ގާދިއްފުށި / މުސްތަރީގެ، ޝަމާލް ހުސައިން (22އ) އަދި ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަތީފް (24އ) އެވެ.
ފުލުހުން މިއަދު ބުނީ އެ ހުރިހާ މީހުންވެސް ހައްޔަރުކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ކޯޓު އަމުރުގެ ދަށުން ކަމަށެވެ.
އެ މީހުންގެ ތެރެއިން ޝަމާލް ހުސައިން އަދި ރަޖުވާން ލަތީފް ހައްޔަރުކޮށްފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުގެ 18:10 އެހައިކަން ހާއިރު، ސައިކަލެއްގައި ގޮސް، ބޮޑުތަކުރުފާނު މަގު ފޯސްޓު އޮފީސް ކައިރީ ހުރި މީހަކާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންގެ ބަންދަށް ކޯޓުންވަނީ 15 ދުވަސް ޖަހައިދީފައި ކަމަށް ފުލުހުން ބުންޏެވެ.
ތާއިފް ރަފީގު، އަމްސަލް އަބްދުﷲ، އަހްމަދު ނީޒާދު އަދި އަބްދުﷲ އިސްރާގު ހައްޔަރުކޮށްފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ 20:30 އެހައިކަންހާއިރު ގުރޫޕު ހަދާފައި ސައިކަލެއްގައި ގޮސް، މއ. ރީނދޫމާގެ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިން މީހަކަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މާރާމާރީގައި އަނިޔާވި މީހުންނަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް