މާލީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ އިތުބާރު ފެެށެނީ އެކައުންޓެންޓުންގެ މަސައްކަތާ ހިސާބުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ) އިން މިއަދު ފެށި "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025" ޝަރަފުވެރި ކޮށްދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ވިޔަފާރި އާއި މާލީ ދާއިރާއަށް އަންނަ ބަދަލުތަކާއެކު، އެ ކަމެއްގެ ބޭނުންތެރިކަމަށް ބަދަލެއް ނާންނަކަމީ އިތުބާރު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އިތުބާރު ހިފޭ މާލީ މައުލޫމާތަކީ މުހިންމު އެއްޗެއް ކަމަށާއި އެކަމުގެ ސަބަބުން އިންވެސްޓަރުންގެ ކޮންފިޑެންސް އިތުރުވެ، ބޭރުން ދަރަންޏަށް ފައިސާ ހޯދަންވެސް ފަސޭހަވާނެ ކަމަށެވެ.
ސަރުކާރުގެ އެހީއަކީ، އިތުބާރު މާލީ މައުލޫމާތު ލިބިގަތުމަށް އޮތް ހަމައެކަނި ގޮތް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ވަޒީފާ ދޭ ފަރާތްތަކުންވެސް ރަނގަޅު ފެންވަރުގެ އޮޑިޓްތަކަށް ޑިމާންޑްކޮށް، މުވައްޒަފުންގެ ޕްރޮފެޝަނަލް ހުނަރު ދަމަހައްޓަން ވަގުތު ދިނުމަށް އިލްތިމާސްކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އިތުބާރު ހިފޭ މާލީ މައުލޫމާތު ލިބުމުން ޒިންމާދާރުކަމާ އެކު، ދަރަނި ދޫކުރަން ބޭންކުތަކަށް މަގުފަހިވާނެއެވެ. އިންވެސްޓަރުންނަށް ރަނގަޅު ނިންމުންތައް ނިންމޭނީ ވެސް އެފަދަ މައުލޫމާތު ލިބިގެން ކަމަށް ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، "ސީއޭ މޯލްޑިވްސް" އަކީ ހަމައެކަނި ރެގިއުލޭޓަރެއް ނޫން ކަމަށާއި އެއީ އިތުބާރާއި ނަޒާހަތްތެރިކަމުގެ ބެލެނިވެރިއެއް ކަމަށެވެ.
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް