15 އަހަރަށް ފަހު، ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް އެނބުދޫ ފަޅުގައި (ކްރޮސްރޯޑްސް މޯލްޑިވްސް)ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައި ދެއްވައިފި އެވެ.
އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދަރިވަރުން ކޭމްޕް ކުރާނެ ތަނެއް މާލެ ސަރަހައްދުގައި ނެތި 15 އަހަރު ވެފައިވާ ކަމަށެވެ.
އެކަން އެހެން އޮތްއިރު ކެޑޭޓާއި ސްކައުޓް އަދި ގާލް ގައިޑް ފަދަ ހަރަކާތްތަކަކީ ދަރިވަރުންގެ ހުނަރު ތަރައްގީ ކުރުމަށްޓަކައި ވަރަށް މުހިއްމު ހަރަކާތްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއާއެކު ޔުނީފޯމް ހަރަކާތްތައް ކުރިޔަށްވުރެ ފުރިހަމަވެގެންދާނޭ ކަމަށާއި ކޭމްޕް ކުރުމާއި އެކިއެކި ފީލްޑް ޓްރިޕްތަކުގައި ބޭނުން ކުރާނެ، އަމާންވެއްޓެއް ކުދީންނަށް ލިބިފައި އޮތުމަކީ ބެލެނިވެރީންނާއި ޔުނިފޯމް ބޮޑީ ހަރަކާތްތައް ހިންގާ ފަރާތްކަކަށްވެސް ވަރަށް މުހިންމު ވަރަށް ބޭނުންތެރި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ބިމަކީ ކޭމްޕް ކުރުމަށް ވަރަށް މުހިންމު ބިމެއް ކަމަށާއި ކޭމްޕިން ގްރައުންޑްގެ ގޮތުގައި މިއަދު ހުޅުވީ އެ ކަމަށް ވަރަށް އެކަށޭނަ ތަނެކަމަށާއި ކޭމްޕިން ސައިޓްގެ ބޭނުން ކުރާނީ ހަމަ އެކަނި ޔުނިފޯމް ބޮޑީސްގައި އުޅޭ ދަރިވަރުން އެކަނި ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މި ކޭމްޕިން ގްރައުންޑަކީ، ތައުލީމީ އެކިއެކި ހަރަކާތް ވެސް ހިންގާނެ ގްރައުންޑެއްގެ ގޮތުގައި އޮންނާނީ. އަބަދު ކެޑޭޓް، އަބަދު ސްކައުނޓް ނުވަތަ ގާލްގައިޑް ކޭމްޕްގައި ނުތިބޭނެ، ހަފުތާ ބަންދުގައި ބެލެނިވެރީން ދަރިވަރުންނާ އެކުގައި، އެ ބެލެނިވެރިން ދަރިވަރުންނަށް މާހައުލުން އުނގަންނައިދޭން ބޭނުންވާ އެކިއެކި އިވެންޓްތަކާއި އެކިއެކި ހަރަކާތްތަކަށް ކަމަށް ވިޔަސް އިރާދަކުރެއްވިއްޔާ މި ކޭމްޕިން ގްރައުންޑް އަޅުގަނޑުމެން ބޭނުންކުރަމުން ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ސްކޫލް ކުދީން ކޭމްޕްކުރަން މާލެ ސަރަހައްދުގައި އެންމެ ފަހުން އޮތް ރަށަކީ ފޭދޫ ފިނޮޅެވެ. ނަމަވެސް އެ ރަށް މީގެ އަށެއްކަ އަހަރު ކުރިން ވަނީ ރިސޯޓެއް ތަރައްގީކުރަން ދޫކޮށްލައިފައެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް
މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް
މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް
މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް