މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް (އެމްއެސްޖީއެފް) ގެ އާ ހިންގާ ކޮމިޓީ އިންތިހާބުކޮށްފިއެވެ.
އެމްއެސްޖީއެފްގެ އާ ހިންގާ ކޮމިޓީ އިންތިހާބުކޮށްފައިވަނީ އިއްޔެ ވާޗުއަލްކޮށް ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާއްމު ޖަލްސާގައެވެ. އެ ޖަލްސާގައި ވަނީ 2019-2020ގެ އެ ޖަމިއްޔާގެ މާލީ ރިޕޯޓާއި އަހަރީ ރިޕޯޓް އާންމުކޮށްފައެވެ.
އެމްއެސްޖީއެފުގެ އާ ސެކެރެޓަރީ ޖެނެރަލަކީ އަހުމަދު އަލި މަނިކެވެ. މީގެ ކުރިން އެ ޖަމިއްޔާގެ އެސްޖީކަން ކުރެއްވީ ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާއެވެ.
- ސެކެރެޓަރީ ޖެނެރަލް - އަހުމަދު އަލި މަނިކު
- ފިނޭންސް ސެކެރެޓަރީ - އަސްމާ ހަސަން
- ޕްރޮގްރާމް އެންޑް އެކައުންޓް ސެކެރެޓަރީ - ފާތިމަތު ރިންޒީ އަހުމަދު
- ޕަބްލިކް ރިލޭޝަން ސެކެރެޓަރީ - މިންހާ ފާއިޒް ރަޝާދު
- އެޑްމިން ސެކެރެޓަރީ - މުހައްމަދު ނައުޝާދު
އަލަށް އިންތިހާބު ކުރި ހިންގާ ކޮމިޓީގެ ދައުރަކީ ތިން އަހަރެވެ.
އެމްއެސްޖީއެފްގެ އަހަރީ އާންމު ޖަލްސާގައި ވަނީ، އެ ޖަމިއްޔާއިން މިއަހަރު ކުރަން ރާވާފައިވާ ކަންތައްތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައެވެ.
އެމްއެސްޖީއެފްއަކީ ގައިޑިން އަދި ސްކައުޓިން ވެލިއުސްތައް ޒުވާނުންގެ މެދުގައި ދިރުވައި އާލާކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން އަންނަނީ އެކި މުނާސަބާތަކާއި އެކި ހާލަތްތަކާ ގުޅިގެން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި ފަންޑު ރައިސިން ހަރަކާތްތަކާއި ޑޮނޭޝަންގެ ހަރަކާތްތައް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު