ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމަށް ހާއްސަ ފެއާއެއް ފަށައިފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ބުނީ ޓްރިވެންޓްރަމާއި ކޮޗިން އަށް އެއާބަސް އޭ320 ގައި ހާއްސަ ދަތުރުތަކެއް ކުރަން ރާވާފައިވާ ކަމަށާއި އެ ފެއާގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ހަނިމާދޫން ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކަށް ހާއްސަ އަގުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އާ ފެއާގެ ދެކޮޅު ޓިކެޓުގެ އަގުތައް:
- ކޮޗިން: 176 ޑޮލަރު (2،714ރ.)
- ޓްރިވެންޑްރަމް: 232 ޑޮލަރު (3،577ރ.)
- ޓްރިވެންޑްރަމް-ހަނިމާދޫ: 337 ޑޮލަރު (5،197ރ.)
މޯލްޑިވިއަން އިން ބުނި ގޮތުގައި އެ ފެއާގައި ދަތުރުކުރާ ފަރާތްތަކަށް 20 ކިލޯގެ ލަގޭޖު ގެންދެވޭނެ އެވެ.
އިންޑިއާގެ އިތުރުން މޯލްޑިވިއަން އިން އަންނަނީ ޗައިނާގެ ބައެއް މަންޒިލްތަކަށްވެސް ދަތުރުކުރަމުންނެވެ.
އަލީ ޔާމިން
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ