ޕްރިންސިޕަލުންގެ މަހާސިންތާ 2025 ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފިއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްގެންދާ އެ ކޮންފްރެންސް ފެށުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ފަތާރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ.
އެ ކޮންފްރަންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ދުވަހާ ގުޅުވައިގެން މަޖީދިއްޔާ ސްކޫލުގެ ދަރިވަރުން ހާއްސަ ތަމްސީލެއް ކުރިއަށްގެންގޮސްފައިވެއެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ސްކޫލުތަކުގެ ޕްރިސްސިޕަލުންނާއި ޓީޗަރުން އަދި އިސްދަރިވަރުން ބައިވެރިވެފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން"އަށް ވިދާޅުވީ ޕްރިންސިޕަލުންގެ ކޮންފްރަންސްގައި 270 ބައިވެރިންނާއެކު 210 ޕްރިސިޕަލުން ބައިވެރިވާ ކަމަށެވެ.
ފާތިމަތު ލިއުޝާ
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީ