މިއަހަރުގެ ނޮބެލް ޕީސް ޕްރައިޒް ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މާރިޔާު ކޯރިއާ މަޗާޑޯއަށް ދީފިއެވެ.
2025 ވަނަ އަހަރުގެ ނޮބެލް ޕީސް ޕްރައިޒް ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު މާރިޔާު ކޯރިއާ މަޗާޑޯއަށް ދިނުމަށް މިއަހަރުގެ ނޮބެލް ކޮމެޓީން ވަނީ ނިންމައިފައެވެ.
އުމުރުން 58 އަަހަރުގެ މަޗާޑޯއަށް އެ ޝަރަފު ދިނުމަށް ނިންމާފައިވަނީ ފަހުގެ ތާރީހުގައި ލެޓިން އެމެރިކާ ސަރަހައްދުގެ އާންމު ރައްޔިތުންނަށް ދައްކާފައިވާ ނަމޫނާގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެއެވެ.
މަޗާޑޯ ވަނީ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ މޮދޮސްއާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ވެނެޒުއޭލާގެ ކުރިމަގަށް މަޗާޑޯ ކޮށްދީފައިވާ މަސައްކަތް ނޮބެލް ކޮމެޓީން ވަނީ ފާހަގަކޮށްފައެވެ.
ވެނެޒުއޭލާގެ އިދިކޮޅު ލީޑަރަށް ނޮބެލް ޕީސް ޕްރައިޒް ލިބިފައިވާއިރު އެޕްރައިޒް ހޯދުމަށް އެންމެ ބޮޑު މަސައްކަތް ކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
ޓްރަމްޕް ވަނީ އޭނާގެ ދެވަނަ ދައުރުގެ ވެރިކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދިޔަ ހަތް ހަނގުރާމައެއް ހުއްޓުވާފައިވާ ކަމަށާއި ނޮބެލް ޕްރައިޒް އެންމެ ހައްގުވަނީ އޭނާއަށް ކަމަށް އދގެ މަޖިލީހުގެ ތަގުރީރުގައިވެސް ވިދާޅުވެފައެވެ.
މުހައްމަދު އައުޒަމް
ވިޔަފާރި
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
ވިޔަފާރި
ކުޑަކުދީންނަށް ކުރާ އަނިޔާ