އެމްޑީޕީން މިމަހުގެ ތިންވަނަ ދުވަހު ބޭއްވި މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑިޖަހަންވީ ކަމަށް ބުނެ ޝުއައިބް އަލީ ފޭސްބުކުގައި ކުރި ޕޯސްޓުގެ މައްސަލައާ ގުޅިގެން އޭނާ ފުލުހަށް ހާޒިރުކުރަން ނިންމައިފިއެވެ.
އެ ޕޯސްޓާ ގުޅިގެން ގިނަ ބަޔަކު ހިތްހަމަނުޖެހުނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން ފޯނު ހިފެހެއްޓުމާ ގުޅިގެންނެވެ.
ޒާޔާގެ ފޯނު ފުލުހުން ހިފެހެއްޓީ ފުލުހުން ޓެގްކޮށް، ފޭސްބުކްގައި ކުރި ޕޯސްޓެއްގައި "އަންނަ މަހުގެ 17 އަށް ތައްޔާރުވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔާރުކުރަން ފަށައިފިން. ހަމަ ޖެހީ ޖެހީ." ލިޔެ ފުލުހުންނަށް އިންޒާރު ދިން މައްސަލައެއްގަ އެވެ.
ޝުއައިބުގެ ޕޯސްޓުގެ މައްސަލަ ހޫނުވީ އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމަށް އިޝާރާތްކޮށް "މުޒާހަރާގެ ބައިވެރިން ހުއްދަ ދިން ގޮތާ ހިލާފުވާ ނަމަ ތަޅައި ތިރިކޮށް" އަދި "ބަޑި ވެސް ޖަހަންވީ" ކަމަށް ބުނުމުންނެވެ.
އެ ދެ މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވަނީ ތަފާތުކޮށް ކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ. އެގޮތުން ޝުއައިބުގެ މައްސަލަ ފުލުހުން ނުބަލަނީ އޭނާއަކީ ސަރުކާރަށް ތާއީދުކުރާ ފަރާތަކަށްވުމުން ކަމަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ޝުއައިބު ރޭ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ ފުލުހުން އޭނާއަށް ގުޅައިފައިވާ ކަމަށެވެ. އަދި ވަނީ ފުލުހަށް ހާޒިރުވާން އަންގައިފައި ކަމަށް ޝުއައިބު ބުންޏެވެ.
"އަޅުގަނޑު ރާއްޖެތެރޭގައި އުޅޭތީ، ބަޔާން ނެގުމަށް އެހެން ގޮތެއް ހަމަޖައްސަމުންދާ ކަމަށް ހަބަރު ލިބެ އެވެ،" އޭނާ ބުންޏެވެ.
ޝުއައިބު ބުނީ، މައްސަލައިގައި ކުރިއަށް ދާން ތައްޔާރުވަމުން އަންނަ ކަމަށާއި ފޭސްބުކްގައި އޭނާ ލިޔުނު ޕޯސްޓުތަކުގެ އަސްލު އޮޅުވާލައިގެން ނުވަތަ ބަދަލުކޮށްގެން ފެތުރި ގޮތް ވަރަށް ތަފުސީލްކޮށް އެނގޭ ގޮތަށް ހުރިހާ މައުލޫމާތުތައް އެއްކޮށްގެން ޖަވާބުދާރީވާން ތައްޔާރަށް ހުރި ކަމަށެވެ.
"ގާނޫނުގެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ އެވެ. އެއީ އަޅުގަނޑު ކަމުގައި ވިޔަސް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، ފިޔަވަޅު އަޅަން ޖެހޭ ނަމަ ފިޔަވަޅު ވެސް އަޅަން ޖެހޭނެ އެވެ. މިހާރު މި ހުރީ ފުލުހުން ގުޅަންދެން އިންތިޒާރުގައެވެ،" ޝުއައިބު ބުންޏެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ތީ ލޮލުގައަޅާ އަދުނެއް
އެދުރު - 8 މަސް ކުރިން