އެހީގެ ޓްރަކްތައް ރަފާ ބޯޑަރުން ގާޒާއަށް ދަތުރު ފަށައިފިއެވެ.

އިސްރާއީލާއި ހަމާސް އިން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސް ވުމަށް އަމަލުކުރަން ފެށުމާއެކު ގާޒާގައި ހާލުގައި ޖެހިފައިވާ އާންމުންނަށް އެހީވުމަށް އެކި ފަރާތްތަކުން ވަނީ މަސައްކަތް ފަށާފައެވެ.

ގާޒާ ޕީސް ޕްލޭނުގައި ހިމެނޭ އެހީގެ ސާމާނު ގާޒާއަށް އެތެރެވުމަށް ހުއްދަ ދިނުމާއެކު އެހީގެ ޓްރަކްތައް ވަނީ ރަފާ ބޯޑަރު ހުރަސްކޮށް ގާޒާއަށް ވަނުމަށް ދަތުރު ފަށާފައި ކަމަށް އޮފިޝަލުން ބުނެއެވެ.

މިސްރުގެ ރެޑް ކްރެސެންޓުން އިއްޔެ ވަނީ 153 ޓްރަކުގެ އެހީ ގާޒާއަށް ދަތުރުފަށާފައިވާކަމަށް ބުނެފައެވެ.

ރެޑް ކްރެސެންޓުން ބުނީ ގާޒާއަށް ދަތުރު ފަށާފައިވާ އެހީގެ ޓްރަކްތަކުގެ ތެރޭގައި ހިމެނެނީ އދ ގެ 80 ޓްރަކާއި ގަތަރުގެ 21 ޓްރަކުގެ އިތުރުން މިސްރުގެ ރެޑް ކްރެސެންޓުގެ 17 ޓްރަކް ކަމަށެވެ.

އިސްރާއީލުން ގާޒާގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓާލައި ހަމާސް އާއި އިސްރާއީލުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސް ވެފައިވާއިރު ދެފަރާތުންވެސް އަމަލުކުރަން ޖެހޭ ކަންތައްތަކެއް އެއެއްބަސްވުމުގައި ވެއެވެ.