އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އިއްޔެއިން ފެށިގެން ދުވަސް ނުފުރާ ވިހާ ކުދިން، ލޮލޮގެ ފެނުމުން ސަލާމަތްކޮށްދޭ ފަރުވާއެއް ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިިބްރާހީމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ، އިއްޔެއިން ފެށިގެން އައިޖީއެމް ހޮސްޕިޓަލުގައި ދުވަސް ނުފުރާ ވިހާ ކުދިންނަށް ރެޓީނާ ލޭޒާ ޓްރީޓްމަންޓްގެ ހިދުމަތްދޭން ފެށި ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ އެންމެ ނާޒުކު ތުއްތު ކުދީން ކަމުގައިވާ ދުވަސް ނުފުރާ ވިހާ ކުދީންގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށްޓަކައި ދެވޭ ހާއްސަ ފަރުވާ އެކެވެ. އަދި މި ހިދުމަތް ރާއްޖެއިން ދެވެން ފެށުމާއެކު މިފަދަ ކުދީންނަށް ފަރުވާ ލަސް ނުވެ ދިނުމުގެ ފުރުސަތު މިވަނީ ފަހިވެގެން ގޮސްފައެވެ." ހަލީމް ވިދާޅުވިއެވެ.
ހަލީމް އިތުރަށް ވިދާޅުވީ މިފުރުސަތުގައި އައިޖީއެމް ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުގެ ޑޮކްޓަރުންނާއި ނަރުހުންނަށް މަރުހަބާއާއި ޝުކުރު އަދާކުރައްވާ ކަމަށެވެ.
ދިރާސާތަކުން ދައްކާގޮތުން ރެޓިނާ ލޭޒާ ޓްރީޓްމަންޓް ނުވަތަ ލޭޒާ ޓްރީޓްމަންޓުގެ ސަބަބުން ލޮލުގެ ފެނުން ގެއްލިގެން ދިއުން ރަނގަޅު ނުކުރެވުނަސް، ލޮލުގެ ފެނުން ގެއްލުމުން ސަލާމަތް ކޮށްދެއެވެ. އެއީ ޑައިބެޓިކް ރެޓިނޯޕަތީ ފަދަ ހާލަތްތަކުން ލޭހޮޅިތައް ބޮޑުވުން ލަސްކޮށްދީ، މެކިއުލާގައި ދުޅަވުން ކުޑަކޮށްދޭ ކަމެކެވެ.
އެ ޕްރޮސީޖާ ކުރިއަށް ގެންދަނީ ލޭޒާ ފޯކަސް ކުރުމަށް ލޮލުގެ ޑްރޮޕް އާއި ހާއްސަ ކޮންޓެކްޓް ލެންސެއް ބޭނުންކޮށްގެންނެވެ. އެ އަނދައި ހުލިވުމުގެ ސަބަބުން ރެޓިނާ އެއްތަނުން އަނެއް ތަނަށް ނުވަތަ ލީކުވާ ނާރުތައް ބަންދުކޮށް، ސްކާ ޓިޝޫ އުފެދެ އެވެ.
އޭގެ ސަބަބުން ޕްރޮސީޖާ މަސައްކަތް ކުރަނީ ކަރުނަ އަދި ލީކުވުން ބަންދުކޮށްގެންނެވެ. ލޭޒާގެ ސަބަބުން ކަރުނަ ފަޅައިގެން ދިއުމާއި ލީކުވާ ނާރުތަކުގެ ވަށައިގެންވާ ކުދިކުދި ބައިތައް އަނދައި، ސްކާގެ ޓިޝޫތައް އުފެދި އެ ސަރަހައްދު ބަންދު ކުރެއެވެ. ހަކުރު ބަލި ފަދަ ބޮޑެތި ރެޓިނަލް ބަލިތަކަށް ރެޓިނާގެ ވަށައިގެންވާ ހިސާބުގައި ލޭޒާ ފަރުވާތައް ބޭނުންކުރެވިދާނެ ކަމަށްވެސް ކަމުގެ މާހިރުން ބުނެއެވެ.
ފާތިމަތު ލިއުޝާ
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް