އިސްރާއީލާއި ހަމާސްގެ ބައްދަލުވުމުގައި އެމެރިކާ ބައިވެރިވާން ފަށައިފިއެވެ.
އިސްރާއީލުގެ އޮފިޝަލުންނާއި ހަމާސްގެ އޮފިޝަލުން މިސްރުގައި ކުރިޔަށްގެންދާ މަޝްވަރާ ބައްދަލުވުންތަކުގެ ތިން ވަނަ ދުވަހު، އެމެރިކާއިން ބައިވެރިވެފައިވާއިރު އެމެރިކާއާ އެކު ސަރަހައްދުގެ އިސްފަރާތްތަކުން ވެސް ބައިވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ޓީމުގައި ހިމެނެނީ ސްޓީފް ވިޓްކޮފް އާއި ރައީސް ޓްރްމްޕުގެ ދަރިކަލުން ޖެރެޑް ކުޝްނަރ އެވެ. އޮފިޝަލުން ބުނެފަިއިވާ ގޮތުގައި، އަވަށްޓެރި ގައުމުތަކުގެ އިސް ފަރާތްތަކުގެ ތެރެއިން ބައިވެރިވެވަޑައިގެންފައިވަނީ ގަތަރުގެ ބޮޑުވަޒީރާއި ތުރުކީގެ އިންޓެލިޖެންސް ޗީފް އެވެ.
ބީބީސީއާ ހަވާލާދީ ހަމާސްގެ އޮފިޝަލުން ވަނީ މަޝްވަރާތަކުގެ ސަބަބުން އަލިމަގުތަކެއް ފެންނަ ކަމަށާއި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީންގެ ލިސްޓު މިހާރު ހަވާލުކޮށްފައިވާކަމަށް ފާހަގަކޮށްފައެވެ. އަދި މީގެ އިތުރުން ހަމާސްއިން ހައްޔަރުކޮށްފައިވާ އަސީރުން ދޫކޮށްލުމުގެ ކަންކަމުގައި މަޝްވަރާވެސް ކުރިޔަށް ދާކަމަށް ބުނެފައިވެއެވެ.
އެމެރިކާއިން ހުށަހަޅާފައިވާ ގާޒާ ސުލްހައިގެ ޕްލޭނުގައި ވާ ކަންކަން ފުރިހަމަކުރުމަށް ހަމާސް އާއި އިސްރާއީލުން މަޝްވަރާ ކުރަމުން ދިޔަ ނަމަވެސް އިސްރާއީލުން މިހާރުވެސް ދަނީ ގާޒާއަށް ހަމަލާދީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު މަރަމުންނެވެ.
މުހައްމަދު އައުޒަމް
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު