އުމްރާއަށް ވަކި ވިސާއެއް ނަގަން ނުޖެހޭގޮތް ހަދައިފިއެވެ.
ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ވަނީ އެގައުމަށް އުމްރާވުމަށް ވަކި ވިސާއެއް ހޯދަން ނުޖެހޭނެ ކަމަށާއި ކޮންމެ ވިސާއެއްގައި ގައުމަށް އެތެރެވިޔަށް އުމްރާ ކުރެވޭނެކަމަށް ބުނެފައެވެ.
މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހުރިހާ މުސްލިމުންނަށް ވެސް އެގައުމަށް އެތެރެވުމަށްފަހު އުމްރާވާން ބޭނުންނަމަ އެފުރުސަތު ހުޅުވާލުމަށް ނިންމި ނިންމުމާއެކު އެގައުމަށް ޗުއްޓީއަށް އަންނަ ފަތުރުވެރިންނަށްވެސް އެފުރުސަތު މަގުފަހިވެގެން ދާނެ ކަމަށް ބުނެފައެވެ.
އުމްރާ ވުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް ''ނުސުކް އުމްރާ ޕްލެޓްފޯމް'' ގައި ބޭނުންވާ ޕެކޭޖެއް ހިޔާރުކޮށް ކުރިޔަށް ގެންދެވޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.
މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ވަނީ މިގެނެވުނު ބަދަލުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައުދީއަށް އަޅުކަމުގެ އިތުރަށް އަންނަ ފަރާތްތަކަށް ފުރުސަތުތަކެއް ފަހިވެ އެގައުމު އަމާޒު ހިފާފައިވާ ސައުދީ ވިޝަން 2030 އަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ފާހަގަކޮށްފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު