މާލޭގައި ހުރި އަނބު ގަހަކުން ވަގަށް އަނބު ބިނުމުގެ ކުށުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މިމީހުން ހައްޔަރު ކޮށްފައި ވަނީ ވައްކަން ކުރުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ފޯރުވުމުގެ ކުށުގައެވެ.
މީގެ ތެރޭގައި ހިމެނެނީ، ގދ. ރަތަފަންދޫ، ނީލްވިލާ، މުހައްމަދު ސުހައިލް، 33، އާއި ހދ. ކުޅުދުއްފުށި، ކަސްތޫރިގެ، އަހްމަދު އަލީ، 37، އެވެ.
އެ އެމީހުން ބުނެފައިވަނީ އެ އަނބު ގަހަކީ މަގުމައްޗަށްވާ ގޮތަށް ހުރި އަނބުގަހެއް ކަމަށާއ އެހެންކަމުން އެގަހުން އަނބު ބިނުމަކީ މަނާކަމެއްކަން ނޭނގޭ ކަމަށާއ،ި އަނބު ބިނީ ގަހަށް އަރައިގެން ނޫން ކަމަށާއި ބިންމަތީގައި ހުރެގެން އަތްލެވޭ ވަރަށް ހުރީމަ ކަމަށާއި ބިނީ އެންމެ ހަތަރު އަނބު ކަމަށެވެ.
ނަމަވެސް ފުލުހުން ކޯޓަށް ހުށަހަޅާފައިވަނީ އަހްމަދު އަލީ އޮތީ އަނބު ގަހުގައި ކަމާއި ތިރީގައި އަނބު ހޮވަންހުރީ މުހައްމަދު ސުހައިލް ކަމަށެވެ.
މި ދެމީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަަށްޓަކައި މިދެމީހުންގެ ތެެރެއިން ކޮންމެ މީހަކު ހަތްދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު