ޚުލާސާ

އިދިކޮޅު އެމްޑީޕީގެ "ލޫޓުވައިފި، ލޫޓުވައިފި" މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނުކުތުމާއެކު، ފުލުހުން ހުރަސް އަޅައިފިއެވެ.

ގިނަ އަދަދެއްގެ ބައިވެރިންނާއެކު އެމްޑީޕީގެ މުޒާހަރާ މިރޭ 8:30 ގައި ފަށާފައިވަނީ އާޓިފިޝަލް ބީޗުންނެވެ. އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންގެ ވާހަކަތަކަށްފަހު، މުޒާހަރާގެ ބައިވެރިން މަގުތަކަށް ނުކުތުމަށް ވަނީ އަންގައިފައެވެ.

މުޒާހަރާގެ ބައިވެރިން މަޖީދީ މަގަށް ނުކުންނަން އުޅުމާއެކު، އެ ސަރަހައްދަކީ އެއްވެ އުޅުން މަނާ ސަރަހައްދެއް ކަމަށްބުނެ ފުލުހުން ވަނީ ޝީލްޑްތަކާއެކު ހުރަސް އަޅައިފައެވެ.

މުޒާހަރައިގެ ބައިވެރިންނަށް އިންޒާރުދިނުމަށްފަހު، ފުލުހުން ވަނީ ޕެޕާ ސްޕްރޭ ބޭނުންކޮށް، ބާރުގެ ބޭނުންކުރަން ފަށައިފައެވެ. އަދިވެސް ފުލުހުން ދަނީ މުޒާހަރައިގެ ބައިވެރިން ފަހަތަށް ޖެއްސުމަށް މަސައްކަތްކުރަމުންނެވެ.