އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި 14 ދުވަހުގެ މުއްދަތަކަށް ހުންނެވުމަށްފަހު، އިބްރާހިމް ނައީމް އިސްތިއުފާދެއްވައިފައެވެ.
ނައީމް އިސްތިއުފާދެއްވާފައި މިވަނީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ނަން، "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް ބަދަލުކޮށް ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމުންނެވެ. ކުރިން ޑިރެކްޓާ ޖެނެރަލްއަކީ އެންމެ މަތީ މަގާމު ނަމަވެސް، އެ ބަދަލާއެކު މިހާރު އެ އިދާރާގެ އެންމެ މަތީ ވެރިޔަކަށް ހުންނަވާނީ ޗީފް އެޑްމިނިސްޓްރޭޓާ އެވެ.
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، 2011 ވަނަ އަހަރުން ފެށިގެން އީޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނަވައި ނައީމް ދެއްކެވި ލީޑާޝިޕާއި ކުރެއްވި މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި ނައީމް ފާހަގަކޮށްލެވިފައިވަނީ، ރާއްޖޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކޮށް، ފިޔަވަޅުތައް އެޅުއްވުމުގައި ފަހަތަށް ނުޖެހި މަސައްކަތްކުރެއްވި ހިންގުންތެރި ބޭފުޅެއްގެ ގޮތުގައެވެ.
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި