އައްޑޫ ސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
ރައީސްގެ އެ ނިންމެވުމާއެކު، އައްޑޫ ސިޓީގެ ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަގުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި، ހަންކެޑެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެންބަރު 2021 ގައި އެކަށައެޅުއްވި ގަރާރު ވަނީ އުވައިލައިފައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ ނިންމެވުމާއެކު، ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް ހަންކެނޑެ ވަނީ ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށްފައި ކަމަށެވެ.
ރައީސް މުއިއްޒު ވަނީ އައްޑޫ ސިޓީގެ ހަންކެޑެ އަކީ "ހަލާލް ޓޫރިޒަމް"އަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ނިންމަވައިފައެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް