ސުމޫދު ފުލޮޓިއްލާގެ ބޯޓުތައް ހުއްޓުވުމަށް އިސްރާއީލުން ތައްޔާރުވެއްޖެއެވެ.
އިސްރާއީލުން ގާޒާގައި ހިންގަމުންގެންދާ އިންސާނިއްޔަތާ ހިލާފު އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ދުނިޔޭގެ އެެކި ގައުމުތަކުން 40 ބޯޓާއި 44 ގައުމަކުން 500 ބައިވެރިން ހިމެނޭ ގްލޯބަލް ސުމޫދު ފްލޮޓިއްލާ މިހާރު ދަތުރުކުރަމުން ދަނީ އެންމެ ނުރައްކާތެރި ޒޯނުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސުމޫދު ފްލޮޓިއްލާ އިންތިޒާމު ކުރާ ފަރާތާ ހަވާލާދީ އަލްޖަޒީރާ އިން ރިޕޯޓުކުރާ ގޮތުގައި، ބޯޓުތައް ހުއްޓުވުމަށް އެ ސަރަހައްދުގައި އިސްރާއީލުގެ މިލިޓަރީ އުޅަނދުތައް ވެސް ވަނީ ފެންނަން ފަށައިފައެވެ. އަދި ބައެއް ބޯޓުތައް ހުއްޓުވާނެ ކަމަށް ބެލެވޭ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
އޮފިޝަލުން ބުނާގޮތުގައި ގާޒާއަށް ދަތުރުކުރާ ބޯޓުތަަކަށް ރައްކާތެރިކަން ދިނުމަށް ސްޕެއިނާއި އިޓަލީގެ މިލިޓަރީ މަނަވަރުތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އިޓަލީން ވަނީ އެ ގައުމުގެ މަނަވަރު އެ މަސައްކަތުން ދުރުކޮށްފައިވާ ކަމަށް ބުނެފައެވެ.
ތުރުކީގެ މަނަވަރުތައް އެ ބޯޓުތައް ހިމެނޭ ސަރަހައްދު މަތިން ދަތުރުކުރަމުން އަންނަ ކަމަށްވެސް އޮފިޝަލުން ވަނީ ފާހަގަކޮށްފައެވެ.
ސުމޫދު ފްލޮޓިއްލާގެ ދަތުރުގައި ރާއްޖެއިން ވެސް ބައިވެރިވެއެވެ. އެގޮތުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ އޮފިޝަލަކު ސުމޫދު ފްލޮޓިއްލާގައި ދަނީ ބައިވެރިވަމުންނެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު