ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އަރަނިވެރި ކޮރަޕްޝަނާ ދެކޮޅު ރައްޔިތުންގެ އިތުބާރާއި ރައްޔިތުންނަށް މަންފާ ލިބޭ ތަންތަނުގެ ގޮތުގައި ހެދޭނީ އިންޓާނަލް އޮޑިޓް ހަރުދަނާ ކުރެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ދައުލަތުގެ "އިންޓާނަލް އޮޑިޓް ކޮންފަރެންސް 2025" ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ ގައުމުގެ ހިންގުން ހަރުދަނާކޮށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތް ހަރުދަނާކޮށް ރައްޔިތުންނަށް މަންފާ އާއި ފައިދާ ލިއްބައިދޭނެ ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށެވެ.
އެގޮތުން 26 ޖެނުއަރީ 2006ގައި އަމަލުކުރަން ފެށި ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން، ދައުލަތުގެ ފައިސާ އާއި މުދާ ޕަބްލިކް ބޭންކް އެކައުންޓްތަކާއި ފަންޑްތަކާއި ބަޖެޓް އެކުލަވާލުމާއި ހުށަހެޅުމާއި މާލީ ހިސާބު ހެދުމަކީ ގާނޫނުން ލާޒިމްކުރާ ކަންކަަން ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އޮޑިޓްކުރެވޭނެ ނިޒާމެއް އެ ގާނޫނުން ގާއިމްކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ މިނިޒާމް ފުރިހަމަވެގެން ދަނީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ގާބިލްކަމުގެ ސަބަބުން ކަމަށެވެ. އަދި މި ނިޒާމަށް މިއަދު ދިމާވެފައިވާ ހިރާސްތަކަކީ ކޮބައިކަން ދެނެގަނެ، އިންޓާނަލް ކޮންޓްރޯލްތައް ވަރުގަދަކޮށް ފަހި ނަތީޖާއެއް ނެރެދިނުމަށް އެހީވެދޭ ބަޔަކަށްވުމަށް އިންޓާނަލް އޮޑިޓަރުން އަޒުމް ކަނޑައެޅުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ. އަދި އެކަމަށް މިކޮންފަރެންސަކީ އެންމެ ރަނގަޅު ވަގުތު ކަމަށް ވެސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ، އިންޓާނަލް އޮޑިޓަރުންގެ މަސައްކަތްތަކުގައި ތަފާތު ގޮންޖެހުންތައް ހުރިކަން ސަރުކާރުން ގަބޫލްކޮށް ބަލައިގަންނަ ކަމަށެވެ. ހާއްސަ އިސްކަމެއް ދީގެން އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު