ކޮރަޕްޝަން ހުއްޓުވަން އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަގާމުތަކުގައި ތިބޭއިރު އެކަމާ ދެކޮޅަށް މަސައްކަތް ކުރުން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާން މިފަދައިން ވިދާޅުވެފައި މިވަނީ ކޮރަޕްޝަނާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ފޯރަމެއް ބާއްވަން ނިންމަވާފައި ވަނިކޮށެވެ. އަދި އިދިކޮޅު އެމްޑީޕީންވެސް ވަނީ ކޮރަޕްޝަނާ ދެކޮޅަށް އަންނަ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވަން ނިންމައިފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އިހުސާން މިއަދު ވިދާޅުވީ، ޒިންމާދާރު މަގާމުތަކުގައި ތިއްބަވާއިރު ކޮރަޕްޝަން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒުކުރުމަކީ ކޮރަޕްޝަން ހުއްޓުވުމަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅު ކަމަށެވެ.
މިނިސްޓަރު އިހުސާން ވަނީ، ފާއިތުވި 15 އަހަރު ސަރުކާރު ހިންގުމަށް ލިބި އެކަން ނުކޮށް ތިބި ފަރާތްތަކުން މަގުތަކަށް މީހުން ނެރެގެން ކުރަން އުޅެނީ ކޮން ކަމެއްތޯ ރައްޔިތުން ވެސް ވިސްނާލަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.
"މަގާމުތަކުގައި އެބޭފުޅުން ތިއްބެވިއިރު ކޮރަޕްޝަން ހުއްޓުވަން ކުރެއްވީ ކޮންކަމެއްތޯ ސުވާލުކުރަން ޖެހޭ. އަޅުގަނޑުމެންނަށް ޖަވާބު ދެވޭނެ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރާ ކަމަށެވެ.
މިނިސްޓަރު އިހުސާން އެހެން ވިދާޅުވި އިރު، އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް މި ހަފުތާގައި އިއްވާފައިވެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާއެއް ސާބިތުވެ، 12 އަހަރަށް ޖަލަށްލާންވެސް ހުކުމްކޮށްފައިވެއެވެ.
އަލީ ޔާމިން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
މަޤާމުގައިތިބެގެންވެސް ކިއްމެވެރިކަމެއްގައިވެސް ކޮރަޕްޝަނަށްޖާގަދީ އަތްއަޅައިފަސްލައިދޮރުވެނީ
އިއްބެ - 9 މަސް ކުރިން