ސްޓެލްކޯގެ މުވައްޒަފުންނަށް ހެލްތޫ ސްކްރީނިން ޕްރޮގްރާމެއް ކުރިޔަށްގެންގޮސްފި އެވެ.

ސްޓެލްކޮއިން ބުނީ އިއްޔެ ކުރިޔަށްގެންދިޔަ ހެލް ސްކްރީނިންގް ޕްރޮގްރާމަކީ އެ ކުންފުނީގެ މުވައްޒަފުން، ދުޅަހެޔޮ ދިރިއުޅުމާ ގުޅޭގޮތުން ހޭލުންތެރިކޮށް، މުވައްޒަފުންގެ ސިއްހީ ހާލަތު ދެނެގަތުމަށް ކުރިޔަށްގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލާ ގުޅިގެން ސްޓެލްކޯއިން ކުރިޔަށް ގެންދިޔަ ހެލްތު ޕްރޮގްރާމުގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ހެލްތު ސްކްރީނިން ހަދައި، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ މައުލޫމާތު ހޯދާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މުވައްޒަފުންގެ ކުރިއެރުމަށް، އަހަރުގެ އެކި ދުވަސްތަކުގައި އެކި ރޮނގުތަކުން ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ކުރިޔަށްގެންދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.