ދިރާގުން 10،000 ރުފިޔާގެ އަގުހުރި އިނާމަކާއެކު ހާއްސަ ޓިކްޓޮކް ޗެލެންޖެއް ހުޅުވައިލައިފިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ހުޅުވާލާފައިވާ އެ ޗެލެންޖުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން "ދިރާގު ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ލަވަ "ނޫރާޅާ ޖައްސާލާ" އަށް ކޮންޓެންޓް ތައްޔާރުކޮށް، ދިރާގުގެ ޓިކްޓޮކް އެކައުންޓް @dhiraagufans ފޮލޯ އަދި ޓެގް ކުރުމަށްފަހު #DhiraaguWin2Speedboats ބޭނުންކޮށްގެން ބައިވެރިވެވޭނެއެވެ.
ދިރާގުން ބުނީ މިއީ ހުނަރުވެރި ކޮންޓެންޓް ކްރިއޭޓަރުންނަށް އަދި ކޮންޓެންޓް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ހުނަރުތައް ދައްކާލައި، އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ލިބިގެންދާ ޗެލެންޖެއް ކަމަށެވެ.
އަންނަ މަހުގެ 20 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލާފައިވާ އެ މުބާރާތް ކާމިޔާބުކުރާ ފަރާތް އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ދިރާގުގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށެވެ.
ދިރާގުން ދަނީ އުފެއްދުންތެރިކަން ކުރިއެރުވުމަށާއި ހުނަރު ތަރައްގީކުރުމަށް މިފަދަ ހާއްސަ ހަރަކާތްތައް އަގުހުރި އިނާމުތަކާއެކު ކުރިއަށްގެންދަމުންނެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު