ރ. އަތޮޅުގެ ތިން ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.
ބީއެމްއެލުން މިއަދު އެ ކުންފުނީގެ އޭޓީއެމްގެ ހިދުމަތް ފަށާފައިވާ ރަށްތަކަކީ ރ. ވާދޫ، ރަސްގެތީމް އަދި އަނގޮޅިތީމެވެ.
އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭންކުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމަކުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މީގެ އިތުރުން މިއަދު އެ އަތޮޅުގެ އަލިފުށީގައި ވެސް ވަނީ ބީއެމްއެލްގެ އާ ބްރާންޗެއް ހެދުމުގެ މަސައްކަތުގެ ބިންގާ އަޅައިފައެވެ.
މިހާރުވެސް ބީއެމްއެލުން އަންނަނީ ރ. އަތޮޅުގެ އުނގޫފާރާއި ދުވާފަރާއި މީދޫގައި ގާއިމުކޮށްފައިވާ ބޭންކުގެ ބްރާންޗްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެމުންނެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 179 ސެލްފްސާވިސް ބޭންކިން ސެންޓަރު، 237 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއިލް އިން ބުންޏެވެ.
ފާތިމަތު ލިއުޝާ
ރ. އަތޮޅު
ރ. އަތޮޅު
ރ. އަތޮޅު