މި ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ ރަށްރަށުގެ މުއްސަނދިކަން ދައްކުވައިދޭ ފަތުރުވެރިކަމުގެ މޮޑެލްއެއް ބިނާކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ދުވަސް ރާއްޖެއިން ފާހަގަކުރަމުންދަނީ ރާއްޖެއިން މުޅި ދުނިޔެއަށް ދައްކާ މެހެމާންދާރީގެ ރޫހާއެކު ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ، ރަށްރަށުގެ އިގުތިސާދުތައް މައްޗަށް އުފުލައި، ރާއްޖޭގެ ރަށްރަށުގެ މުއްސަނދިކަން ދައްކުވައިދޭ، މީހުން މަރުކަޒުކޮށްފައިވާ ފަތުރުވެރިކަމުގެ މޮޑެލްއެއް ބިނާކުރުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންމެ އަތޮޅަކަށް އަދި ކޮންމެ މުޖުތަމައަކަށްވެސް ފުރުސަތުތައް ފުޅާކޮށް، ކުރިއެރުންތައް ހޯދައިދިނުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ.
އެކުގައި މަސައްކަތްކޮށް، ބައްޓަންކުރައްވަމުން ގެންދަވަނީ ކުރިއެރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ މުސްތަގުބަލެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު