އަންނަ ހުކުރު ދުވަހު އެމްޑީޕީން ބާއްވަން ނިންމާފައިވާ "ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާގެ އިޝްތިހާރު ބެނާތައް މާލޭ ސިޓީ ކައުންސިލުން މިއަދު ނަގައިފި އެވެ.
އަންނަ ހުކުރު ދުވަހު ބާއްވަން ނިންމާފައިވާ ބޮޑު އެއްވުމަށް ތައްޔާރުވުމަށް އެމްޑީޕީންވަނީ މާލޭގެ އެކި ސަރަހައްދުގައި ބެނާތައް ދަމާފަ އެވެ.
މާލޭ ސިޓީ ކައުންސިލްގެ ބަހެއް ނުލިބޭތީ އެ ބެނާތައް ނެގި ސަބަބެއް ސާފެއް ނޭނގެ އެވެ.
އެ ބެނާތައް ދެމުމަށާއި އަޑުގަދަކުރާއިން އެ މުޒާހަރާ އިޝްތިހާރު ކުރުމުގެ ހުއްދައަށް އެދި އެމްޑީޕީންވަނީ މި މަހު 14 ވަނަ ދުވަހު ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވާފަ އެވެ. ހަމަ އެދުވަހު ސިޓީ ކައުންސިލުން އެމްޑީޕީއަށް ފޮނުވި ސިޓީއެއްގައިވަނީ މަގު ހުރަސްކޮށް ބެނާތައް ދަމާފައިވާތީ އާންމު ރައްޔިތުންގެ ފަރާތުން ގިނަ ޝަކުވާ ލިބިފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ ބެނާތައް ނަގައި އުސޫލާ އެއްގޮތަށް އެކަން ކުރުމަށް އެސިޓީގައިވަނީ އެދިފަ އެވެ.
އާއިޝަތު މާހާ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިނގިރޭސިވިލާތް
ރިޕޯޓް