ތ. ކިނބިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ކިނބިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކިނބިދުއަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
އެެ މަޝްރޫއު ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މިނިސްޓަރުގެ އަރިހުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ބައިވެރިވެވަޑައިގަތެވެ.
ސަރުކާރުން އަންނަނީ ރައްޔިތުން ބޭނުންވާގޮތަށް ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ފާތިމަތު ލިއުޝާ
ތ. ކިނބިދޫ
ތ. ކިނބިދޫ
ތ. ކިނބިދޫ
ތ. ކިނބިދޫ