ތ. ކިނބިދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ 8 ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކިނބިދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ރައީސް ފައްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް އެރަށު ކައުންސިލުގެ ރައީސް އަލީ ހުސެއިންއާ ހަވާލުކުރައްވައިފައެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 13 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލް އޭޓީއެމް ގާއިމުކޮށް ހިދުމަތް ދޭން ފަށައިފައެވެ.
ފާތިމަތު ލިއުޝާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް