ތ. ވޭމަންޑޫގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފިއެވެ.
ވޭމަންޑޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވޭމަންޑޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެރަސްމިއްޔާތުގައި ވޭމަންޑޫގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި 2026 ނިމޭއިރު ޕޮލިސް ސްޓޭޝަން ނެތް ކޮންމެ ރަށެއްގައި އެ ސެންޓަރުތައް ގާއިމް ކުރުމެވެ.
ފާތިމަތު ލިއުޝާ
ތ. ވޭމަންޑޫ
ތ. ވޭމަންޑޫ