ތ. އަތޮޅު ކިނބިދޫ އާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމުން އެ އަތޮޅާއި އެސަރަހައްދަށް އިގުތިސޯދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ތ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެއްދަވާ ދަތުރުފުޅުގައި، ކިނިބިދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މިމަހުގެ 22 ވަނަ ދުވަހު މިމަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލުމުން، އިންވެސްޓަރުންގެ ޝައުވެރިކަން މިހާރު ވެސް ފާޅުކުރަމުން އަންނަ ކަމަށެވެ. މިމަޝްރޫއު ކުރިއަށްގެންދާނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫއާއެކު އެ ކަމަށް އެއަތޮޅު އެލާ ދީގެން ކަމަށްވެސް ވިދާޅުވިއެވެ.
އެ މަޝްއޫރުގެ ސަަބަބުން ލިބޭނެ ކުރިއެރުންތައް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެކަމުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ރަށުގައި ދިރިއުޅޭ އާބާދީ އިތުރުކުރުމާއި އެއްފަސް ކުރުމަށް ވެސް ބާރު ލިބިގެންދާނެ ކަމަށެވެ. އަދި ތަރައްގީގެ ބޮޑެތި މަޝްރުއޫތަކެއް އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ކިނބިދޫ-ވޭމަންޑް ކޯޒްވޭގެ މަސައްކަތް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
އިބްރާހިމް ޒަކީ
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް