ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ ޓްރެފިކް ފްލޯއަށް އެ ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ މިރޭ 12:00 އިން ފެށިގެން ކަމަށެވެ.
ޓްރެފިކް ފްލޯއަށް ގެންނަ ބަދަލުތައް ދައްކުވައިދޭ ޗާޓެއް އާންމުކޮށް، އެމްއޭސީއެލުން ބުނީ ހުރިހާ އުޅަނދެއް އެއާޕޯޓަށް ވަންނާނީ އެއާޕޯޓުގެ އެންމެ ބޭރުމަގުން ކަމަށާއި އެއާޕޯޓަށް މީހުން ގޮވައިގެން އަންނަ އުޅަނދުތައް ބޭނުންކުރާނީ ޓެކްސީތައް މަޑުކޮށްގެން އޮންނަ ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ވާތްފަޅި ކަމަށެވެ.
އެއާޕޯޓުގެ ޓާމިނަލް 1 އަދި ޓާމިނަލް 2 އަށް މީހުން ގޮވައިގެން އަންނަ ވެހިކަލްތައް އެއާޕޯޓުން ނުކުންނާނީ ޓާމިނަލް 1 ކުރިމަތީގައި އޮންނަ މަގުން ކަމަށާއި ބޭރުމަގުން އަންނަ އުޅަނދުތަކުގެ ތެރެއިން އެއާޕޯޓުން ނުކުންނަން ބޭނުންވާ ވެހިކަލްތައް ބޭނުންކުރާނީ ޕާކިން ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ކަނާތްފަޅި ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ޢަދިވެސް ޓްރެފިކް ޕްލޭންކުރުމުގާ
ޢަލީބެ - 9 މަސް ކުރިން