ތ. ވިލުފުށި ފުޓްބޯޅަ ދަނޑު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ރައީސް ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ވިލުފުއްޓަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަަރާތުން ސޮއިކުރެއްވީ އެމްޑީ އަހުމަދު ސައުދީއެވެ. ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުއްރައްޒާގު އިބްރާހިމްއެވެ.

އެ މަސައްކަތުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތަކީ ސްޓޭޑިއަމްގެ ލައިޓިން ހަރުކުރުމާއި ރޮސްޓްރަމް (ޕޯޑިއަމް ޕްލެޓްފޯމެއް) ހެދުމުގެ މަސައްކަތެވެ. އެއީ 21.73 މިލިޔަން ރުފިޔާއަށް 360 ދުވަހުން ނިންމާ ހަވާލުކުރާގޮތަށް އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއެކެވެ.