ތ. ވިލުފުށީގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާ އަޅައިފިއެވެ.

ވިލުފުށީ ހޮސްޕިޓަލުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވިލުފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. އަރިހުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި ވިލުފުށި ކައުންސިލުގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 105.13 މިލިޔަން ރުފިޔާއަށް 540 ދުވަހުން ނިންމާގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރިޔަށްގެންދާނެ މަސައްކަތްތައް:

  • 7147 އަކަފޫޓުގެ އެކަމޮޑޭޝަން ބްލޮކެއް ގާއިމް ކުރުން
  • 2563 އަކަފޫޓުގެ ސާވިސް ސެންޓަރެއް ގާއިމް ކުރުން
  • 76،175 އަކަފޫޓުގެ ހެލްތް ސެންޓަރު ބްލޮކެއް ގާއިމް ކުރުން
  • 37 އެނދު އެކުލެވޭ އިމާރާތެއް ބިނާކުރުން
  • ބިންގަނޑު ލެވެލް ކުރުން
  • ކޮންކްރީޓު އަދި މޭޝަނަރީގެ މަސައްކަތް
  • ތަށިމުށިޖެހުމާއި ދޮރާއި ކުޑަދޮރު ހަރުކުރުން