މ. ކޮޅުފުށީ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް އަމަލީގޮތުން ފަށައިފިއެވެ.
އެ މަޝްރޫއު ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މ. އަތޮޅުުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.
ކޮޅުފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްލަތިބްއެވެ.
މިނިސްޓަރުގެ އަރިއަހުގައި މުލަކު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ނައުފަލް އާއި އާރުޑީސީގެ އެމްޑީ އިބްރާހިމް ނަޒީމް އަދި ކައުންސިލުގެ ރައީސް އަބްދުﷲ އަލިމް ބައިވެރިވެވަޑައިގަތެވެ.
އެ މަޝްރޫއުގެ އިތުރުން މިއަދު ކޮޅުފުށީގައި ފިޓްނަސް ސެންޓަރު ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ވަނީ ފަށައިފައެވެ.
ފާތިމަތު ލިއުޝާ
މ. ކޮޅުފުށި
މ. ކޮޅުފުށި
މ. ކޮޅުފުށި