އިކުއެޑޯގެ ޖަލެއްގައި ހަމަނުޖެހުން ހިނގައި 14 މީހުން މަރުވެއްޖެއެވެ.
އިކުއެޑޯގެ ފުލުހުން ވަނީ އެގައުމުގެ ހުޅަނގުދެކުނުން އޮންނަ މަޗާލާ ސިޓީގައި ނުރައްކާތެރި ގައިދީން ބަންދުކޮށްފައިވާ އެޖަލުގައި ހަމަނުޖެހުން ހިނގާފައިވަނީ ދެ ގުރޫޕެއް މެދުގައި ކަމަށް ބުނެފައެވެ.
އެހަމަނުޖެހުމުގައި 13 ގައިދީންގެ އިތުރުން ޖަލުގެ އޮފިސަރަކު މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މީގެ އިތުރުން 14 މީހަކަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.
ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި އެސަރަަހައްދުގައި ބަޑިޖަހައި ގޮވުންތަކުގެ އަޑު ހުރިކަމަށް ރިޕޯޓުތައް ބުނެއެވެ.
އިކުއެޑޯގެ ފުލުހުން ބުނީ ހަމަނުޖެހުން ހިނގި ވަގުތު ޖަލު ފަޅާލައި ބައެއް ގައިދީން ފިލާފައިވާ ކަމަށާއި އޭގެތެރެއިން މިހާތަނަށް 13 މީހަކު އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޖަލުގައި ހަމަނުޖެހުން ހިނގާފައިވަނީ ބަންދުކޮށްފައި ތިބި ދެ ގުރޫޕެއްގެ މެދުގައި ކަމަށާއި ހަމަނުޖެހުން ހުއްޓުވުމަށް ދިޔަ ސެކިއުރިޓީ ފަރާތްތައް ގައިދީން ރަހީނުކުރި ކަމަށާއި އެމީހުން ސަލާމަތް ކުރުމަށް ބާރުގެ ބޭނުންކުރަން ޖެހުނު ކަމަށްވެސް ފުލުހުން ބުނެއެވެ.
މުހައްމަދު އައުޒަމް
ވިޔަފާރި
އިރާނު-އިޒްރޭލު ހަނގުރާމަ
ވިޔަފާރި