ފ. ފީއަލީގައި އަލަށް އިމާރަތްކުރުމަށް ނިންމާފައިވާ ސިއްހީ މަރުކަޒު އާ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ފީއަލީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ މަޝްރޫއުގެ މަސައްކަތު އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމްއެވެ.

1350 މީހުންގެ އާބާދިއެއް ދިިރިއުޅޭ ފީއަލީގައި ކުރިއަށްގެންދާ އެ މަޝްރޫއުގެ އަގަކީ 21.60 މިލިޔަން ރުފިޔާއެވެ. މަސައްކަތް ނިންމަންދީފައިވަނީ 360 ދުވަހެވެ.

އެ މަސައްކަތުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކަކީ 15،560 އަކަފޫޓުގެ ސަރަހައްދެއްގައި 16 އެނދުގެ އިމާރާތެއް ހެދުމެވެ.