ދަ ނޯޓިލަސް ފައުންޑޭޝަނުން ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީއާ ގުޅިގެން ދ. އަމާންވެށި ކުޑަކުދިންގެ މަރުކަޒަށް ކިޔެވުމުގެ ކޮޓަރިއަކާއި ޓާފްއެޅި ކުޅޭ ސަރަހައްދެއް ހަދިޔާކޮށްފިއެވެ.
ދަ ނޯޓިލަސް ފައުންޑޭޝަނުން ބުނިގޮތުގައި މި އާ ވަސީލަތްތަކުގެ ތެރޭގައި ފުރިހަމައަށް ތަކެތި ހަމަކޮށްފައިވާ ކިޔެވުމުގެ ކޮޓަރިއެއް ހިމެނެއެވެ. އެތަނުގެ ތެރޭގައި ލައިބްރަރީއަކާއި ކޮމްޕިއުޓާ ސްޓޭޝަންތައް ހިމެނޭނެ ކަމަށާއި އޭގެ އިތުރުން ކުޑަކުދިންނަށް ރައްކާތެރި އަދި ޝައުގުވެރިކަން އުފެދޭ ފަދަ ތަނެއްގެ ގޮތުގައި ފަރުމާކޮށްފައިވާ ޓަފް އެޅި ކުޅޭ ސަރަޙައްދެއްވެސް ހިމެނޭ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.
ކިޔެވުމުގެ ކޮޓަރިން ކުޑަކުދިންނަށް ފޮތްތަކާއި، އުނގެނުމަށް ބޭނުންވާ ވަސީލަތްތަކާއި، އަދި އެކުދިންގެ ތައުލީމަށް އެހީތެރިވެދޭނެ ޑިޖިޓަލް ވަސީލަތްތައް ލިބިގެންދާނެ ކަމަށާއި އަދި ކުޅޭ ސަރަހައްދުން ރައްކާތެރި މާހައުލެއްގައި ކުޅުމާއި ޖިސްމާނީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އެ ތަންތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯޓިލަސް ފައުންޑޭޝަނުން ބުނީ މުޖުތަމައުތައް ބާރުވެރިކުރުވުމާއި، ތައުލީމަށް އިސްކަންދޭ ދެމެހެއްޓެނިވި މަޝްރޫއުތަކުގެ ތެރެއިން ކުޑަކުދިންގެ ކުރިއެރުމަށް އެހީތެރިވުމަށް އެ ޖަމިއްޔާއިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމަށެވެ.
މިނިސްޓްރީގެ އިސްވެރިން ވިދާޅުވީ އެ ވަސީލަތްތަކުން ދ. އަމާންވެށީގައި ތިބޭ ކުދިންގެ ދިރިއުޅުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި، އެކުދިންގެ ތައުލީމީ އަދި މުނިފޫހިފިލުވުމުގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށެވެ.
ނޯޓިލަސް ފައުންޑޭޝަނަކީ ދަ ނޯޓިލަސް މޯލްޑިވްސް، ނޯވާ މޯލްޑިވްސް، އެރީ މޯލްޑިވްސް، ކަނޑިމާ މޯލްޑިވްސް، ދ. އެއާޕޯޓް، މަންޓާ އެއާވޭޒް، އީގަލް މެރިން އެންޑް އިންޖިނިއަރިން އަދި ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ޗެރިޓީ ފައުންޑޭޝަނެވެ.
އާއިޝަތު މާހާ
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު