ވ. ފެލިދޫ އައުޓްޑޯ ޖިމް ހުޅުވައިފިއެވެ.

ފެލިދޫ އައުޓްޑޯޖިމް ހުޅުވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފެލިދޫ އައުޓްޑޯ ޖިމް ހުޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓުގެ މިނިސްޓަރުންނާއި ރައްޔިތުން މަޖުލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާއި ފެލިދޫ ކައުންސިލުގެ ރައީސް އާއި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެޑައިގެންނެވިއެވެ.

20 ސެމްޓެމްބަރު 2025: ވ. ފެލިދޫ އައުޓްޑޯ ޖިމް ހުޅުވުން --- ފޮޓޯ/ އެމްޓީސީސީ

696 މީހުންގެ އާބާއިއެއް އޮންނަ ފެލިދޫއަކީ ފަތުރުވެރިކަމުގެ ރަށެކެވެ. އެމްޓީސީސީން ބުނީ އެ ރަށުގެ އައުޓްޑޯޖިމް ހުލުވުމާއެކު ރަށުގެ ރައްޔިތުންނަށް ސިއްހީގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަފައިދާތަކެއް ލިބޭނެ ކަމަށާއި އެކަމުގެ ސަބަބުން ރަށުގެ ރައްޔިތުންގެ ދުޅަހެޔޮކަމަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2.91 ލައްކަ ރުފިޔާއަށް 50 ދުވަހުން ނިންމާގޮތަށެވެ. އެ މަސައްކަތުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކަކީ ކޮންކްރީޓު މަސައްކަތް ކުރުމާއި އައުޓްޑޯ ޖިމަށް ބޭނުންވާ އިކުއިޕްމަންޓްގެ މަސައްކަތްތައް ކުރުމެވެ.