ވ. ފެލިދޫ ޕޮލިސް ސްޓޭޝަންގެ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ފެލިދޫ ޕޮލިސް ސްޓޭޝަންގެ އިމާރާތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 13.43 މިލިޔަން ރުފިޔާއަށް 360 ދުވަހުން ނިންމާގޮތަށެވެ.
އެމްޓީސީސީން ބުނީ 696 މީހުންގެ އާބާދީއެއް ދިރިއުޅޭ ފެލިދޫގައި އެ މަސައްކަތް ނިމުމުން ގިނަގުނަ މަންފާތަކަކާއި ނަފާތަކެއް ލިބޭނެ ކަމަށާއި ޕޮލިސްޓޭޝަންގެ ސަބަބުން އެ ރަށުގެ އަމާންކަން ދެމެހެއްޓުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށްވެގެންދާނެ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- ތަނުގެ ވަށާފާރު ރޭނުން.
- އޮފީސް ބޮލޮކެއް ގާއިމުކުރުން.
- ކުށްވެރިން ބައިތިއްބާނެ ބްލޮކެއް ގާއިމުކުރުން.
- ޕޮލިސް ސްޓޭޝަނަށް ބޭނުންވާނެ ހުރިހާ ވަސީލަތެއް ގާއިމުކުރުން.
ފާތިމަތު ލިއުޝާ
ވ. ފެލިދޫ
ވ. ފެލިދޫ
ވ. ފެލިދޫ
ވ. ފެލިދޫ