ވިސާ ނުދިނުމުން ފަލަސްތީނުގެ ރައިީސް މަހްމޫދު އައްބާސްއަށް ވީޑިއޯ މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށް ޔޫއެންޖީއޭ އިން ނިންމައިފިއެވެ.
އދގެ ޖެނެރަލް އެސެމްބްލީ އެމެރިކާގެ ނިއުޔޯކުގައި ފެށިގެން ކުރިޔަށްދާ އިރު، އެ ބައްދަލުވުމުވައި ބައިވެރިވުމަށް އައްބާސްއަށް ފުރުސަތު ލިބިފައި ނުވަނީ އެމެރިކާއިން ވިސާ ނުދިނުމުން ކަމަށް އޮފިޝަލުން ބުނެއެވެ.
އެމެރިކާއިން ނެރެފައިވާ އެ ގައުމަށް އެތެރެވުން މަނާކުރާ މީހުންގެ ތެރޭގައި ހިމެނޭ ފަލަސްތީނުގެ 80 މީހުންގެ ތެރޭގައި ރައީސް މަހުމޫދު އައްބާސް ހިމެނިވަޑައިގަންނަވައެވެ.
އައްބާސްއަށް ވިސާ ނުލިބުނު ނަމަވެސް ފަލަސްތީނުގެ ވަފުދު ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެފައެވެ.
އދގެ ޖެނެރަލް އެސެމްބްލީން ވަނީ އެ މައްސަލައިގައި އައްބާސްއަށް ބައިވެރިވެވޭނެ ގޮތެއް ހަމަޖެއްސުމަށް މެމްބަރުންގެ މެދުގައި ވޯޓަކަށް އަހައިފައެވެ. އިއްޔެ ނެގި އެ ވޯޓުގައި ވަނީ 145 ވޯޓު ލިބި އައްބާސްއަށް އެ ބައްދަލުވުމުގައި ވީޑިއޯ މެދުވެރިކޮށް ބައިވެރިވެވޭނެ ގޮތް ހެދުމަށް ހުއްދަ ދީފައެެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި އެ ބައްދަލުވުމަށް ފަލަސްތީނުގެ ފަރާތުން ރައީސް އައްބާސްގެ ހާއްސަ ވީޑިއޯ މެސެޖެއް ރެކޯޑުކުރުމަށްފަހު ޖެނެރަލް އެސެމްބްލީއަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
މުހައްމަދު އައުޒަމް
ކުޅިވަރު
އިރާން
ބޮލީވުޑް
ދުނިޔެ