މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން އެ އޮޕަރޭޝަން ހިންގާފައިވަނީ އިއްޔެ ކަމަށެވެ.

އެ އޮޕަރޭޝަނުގައި މާލޭގެ ތިން އެޕާޓްމަންޓު ބަަލައިފާސްކޮށްފައިވެއެވެ. އެ ފާސްކުރުމުގެ ތެރެއިން، ނުވަ ފުޅި ބަނގުރަލާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި ފަސްލީޓަރުގެ ހަ ފުޅިއާއި، 500 އެމްއެލްގެ 78 ފުޅިއާއި، 22 ޓައްޕު ފެނިފައިވެއެވެ. އަދި ކުށްކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ 29000 އަށްވުރެ ގިނަ ރުފިޔާއާއި 100 ޑޮލަރު ފެނިފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ދެމީހުން ކަމަށްވާ ސައްބިރް ހޮސައިން (33އ) އާއި، މުހައްމަދު ބަދަލް (52) އާއި އިންޑިއާ މީހެއް ކަމަށްވާ ރާޖު ދަސް (20އ) އެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ އުފައްދައި، ގެންގުޅެ، ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. އެ ތިން މީހުން ވެސް މިހާރުވަނީ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.