އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ކަމަށްބުނެ، މަކަރާއި ހީލަތުން އެކިއެކި މީހުން އަތުން ފައިސާނެގި މީހަކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި ހުކުމް ކުރީ މއ. ބުލާޝަންގޭ އަބްދުﷲ ހުޝާމްއަށެވެ.
އެ މައްސަލައިގައި މަކަރާއި ހީލަތުން އެތައް ލައްކަ ރުފިޔާއެއް ޓެކުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާކަަމަށް ކަނޑައަޅައި، ކުރިމިނަލް ކޯޓުން އޭނާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ލުއިކޮށްދީ، ފުރަތަމަ ހުކުމް ކުރީ، 115،200 ރުފިޔާގެ ޖޫރިމަނާއަކަށް ހުކުމް ބަދަލުކޮށް ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް އެ ފައިސާ ދައްކައި ނިންމުމަށެވެ.
ނަމަވެސް އެ މުއްދަތުގައި ހުކުމާ އެއްގޮތަށް އޭނާ ފައިސާ ދައްކާފައި ނުވާތީ، އޭނާގެ އަދަބު މުރާޖައާކޮށްދިނުމަށް އެދި ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހުން ކުރިމިނަލް ކޯޓަށް ހުށަހެޅިއެވެ.
އެ މައްސަލައިގެ ހުކުމް އިއްވި ރިޕޯޓްގައިވާގޮތުގައި އޭނާ މިހާތަނަށް ދައްކާފައިވަނީ އެންމެ 6،700 ރުފިޔައެވެ. އަދި އަދަބު މުރާޖައާކުރުމުގެ އަޑުއެހުމަށް ހާޒިރުވާން އަންގައި ޗިޓް ފޮނުވުމުން އޭނާ ވަނީ މަގުބޫލު ސަބަބެއް ނެތި ހާޒިރު ނުވި ކަމަށާއި ދެ ވަނަ ފަހަރަށް ޗިޓް ފޮނުވުމުން، ބަލިވެ އުޅޭ ކަމަށްބުނެ ސިޓީއެއް ފޮނުވި ކަމަށެވެ. ނަމަވެސް މެޑިކަލް ސެޓްފިކެޓެއް ހުށަހަޅާފައި ނުވާކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
އޭގެ ފަހުން އެތައް ފަހަރަކު އޭނާ ކޯޓަށް ހާޒިރުކުރަން އުޅެ އެކަން ކާމިޔާބު ނުވުމުން ކޯޓަށް ހާޒިރުކުރީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކަމަށްވެސް ބުނެފައިވެއެވެ.
ހުޝާމް ވަނީ އޭނާގެ މައްޗަށް ކުރި ދައުވާއަށް އިންކާރުކޮށްފައެވެ. އެކަމަކު ހުށަހަޅާފައިވާ ހެއްކަށް ބިނާކޮށް ކުށް ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅިއެވެ.
އެހެންކަމުން، އޭނާގެ މައްޗަށް ހުކުމް ކުރި ޖޫރިމަނާ އަދަބުގެ ތެރެއިން ދައްކާފައިވަނީ 6700 ރުފިޔާ ކަމަށްވާތީ، އެއް އަހަރާއި ފަސް މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު