ކެނަބިސް ޓްރެފިކް ކުރި މީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 25 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން ހުކުމް ކުރީ ގ. ޖެލީފިޝް އަހްމަދު އަޒާންގެ މައްޗަށެވެ.

އަޒާންގެ މައްޗަށް ދައުލަތުން ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާކުރީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ދިރިއުޅޭ ޖެލީފިޝް ގޭގެ، އޭނާ އިން ކޮޓަރިއަށް ފުލުހުން ވަދެ، އޭނާ ހައްޔަރުކޮށް އެ ކޮޓަރީގެ އެކި ތަންތަން ބަލައި ފާސްކުރުމުން މަސްތުވާތަކެތި ފެނިގެންނެވެ.

މި މައްސަލައިގައި ހުށަހެޅި ހެކިތަކަށް ބަލައި ކުރިމިނަލް ކޯޓުން ހުކުމްކުރީ، ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުން އަޒާން ކުށްވެރިވެއްޖެކަަމަށް ކަނޑައަޅައި 25 އަހަރަަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް 12 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެފައިސާ ދެއްކުމަށެެވެ.