ސޫދާނުގެ ރެފިއުޖީން ދަތުރުކުރި ބޯޓެއްގައި ރޯވެ 50 މީހަކު މަރުވެއްޖެއެވެ.
ސޫދާނުގެ ރެފިއުޖީން ދަތުރުކުރި އެ ބޯޓުގައި ރޯވެފައިވަނީ ލީބިއާގެ އައްސޭރިފަށާ ދިމާލުން ދަތުރުކުރަމުން ދަނިކޮށް މިދިޔަ އާދިއްތަ ދުވަހު ކަމަށް އިންޓަނޭޝަނަލް އޯގަނައިޒޭޝަން އޮފް މައިގްރޭޝަން އިން ބުނެއެވެ.
އދގެ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އޯގަނައިޒޭޝަން އޮފް މައިގްރޭޝަން އިން ވަނީ އެ ބޯޓުން 75 މީހުން ދަތުރުކުރި ކަމަށާއި 50 މީހަކު މަރުވެފައިވާއިރު ބާކީ ތިބި 25 މީހުންނަށް ސިއްހީ އެހީތެރިކަން ދީފައިވާކަމަށް ފާހަގަކޮށްފަައެވެ.
އިންޓަނޭޝަނަލް އޯގަނައިޒޭޝަން އޮފް މައިގްރޭޝަންގެ ލީބިއާ އޮފީހުން ވަނީ ބައިނަލްއަގުވާމީ ފަރާތްތައް ގުޅިގެން މިފަދަ ކަންކަން ނިމުމަކަށް ގެންނާން ޖެހޭ ކަމަށާއި ކަނޑުމަތީ ހާދިސާތަކުގައި މި އަހަރުވެސް ގިނަބައެއްގެ ފުރާނަ ގެއްލިފައިވާކަމަށް ބުނެފައެވެ.
މިދިޔަ މަހުވެސް ޔަމަނުގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރި ރެފިއުޖީ ބޯޓެއް ބަންޑުން ޖަހާލައި 68 މީހަކު މަރުވެ ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ލީބިއާގެ ކުރީގެ ލީޑަރު މުއައްމަރު ގައްޒާފީގެ ވެރިކަން ބަދަލުވުމާއެކު ރެފިއުޖން ޔޫރަޕަށް އެތެރެވުމަށް ބޭނުންކުރާ ޓްރާންސިޓް ޕޮއިންޓަކަށް ލީބިއާ ވަނީ ވެފައެވެ.
ލީބިއާގައި މިހާރުވެސް 8 ލައްކައަށްވުރެ ގިނަ ރެފިއުޖީން ތިބި ކަމަށް އިންޓަނޭޝަނަލް އޯގަނައިޒޭޝަން އޮފް މައިގްރޭޝަން އިން ބުނެއެވެ.
މުހައްމަދު އައުޒަމް
ވިޔަފާރި
އިރާނު-އިޒްރޭލު ހަނގުރާމަ
ވިޔަފާރި