އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމަށް ފާތިމަތު ފާރިހަތު ވަހީދު އައްޔަންކޮށްފިއެވެ.

އެސްޑީއެފްސީން މިއަދު ބުނީ ފާތިމަތު ފަރީހަތަކީ ފައިނޭންޝަލް ސާވިސަސް، ސްޓްރެޓެޖިކް ޗޭންޖް މެނޭޖްމަންޓް އަދި މުހިންމު ޕާޓްނަޝިޕްތައް ބެލެހެއްޓުމުގައި ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށެވެ.

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ ފާތިމަތު ފަރީހަތުގެ އެ ތަޖުރިބާގެ އަލީގައި އެސްޑީއެފްސީގެ އޮޕަރޭޝަންސް އިތުރަށް ހަރުދަނާކޮށް، އެސްއެމްއީ ސެކްޓަރަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވިގެންދާނެ ކަމަށެވެ.

އެސްޑީއެފްސީގެ އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ފާތިމަތު ފަރީހަތު ހުންނެވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހެޑް އޮފް ކާޑު ނެޓްވޯކްސް އެންޑް ސްޓްރެޓެޖިކް ޕާޓްނަޝިޕްސްގެ މަގާމު ފުރުއްވައިފައެވެ.

އޭނާ ވަނީ މޮނާޝް ޔުނިވާސިޓީ މެލޭޝިއާ އިން މާސްޓާ އޮފް އިންޓަނޭޝަނަލް ބިޒްނަސް ހާސިލުކުރައްވައިފައެވެ.