ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަހަރުގެ އިންޓާންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބީއެމްއެލުން މިއަދު ބުނީ އެ ޕްރޮގްރާމަކީ ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް 12 މަސްދުވަހުގެ މުއްދަތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެކި ދާއިރާގެ ގްރެޖުއޭޓުންނަށް ފުރުސަތު ފަހިކޮށްދީފައިވާނެކަމަށް ބީއެމްއެލުން ބުންޏެވެ.
މި އަހަރު، އައިޓީ ދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުންނާއި ގްރެޖުއޭޓުންނަށް ހާއްސަކޮށްފައިވާ "ޓެކް ސްޓާޓް" އިންޓާންޝިޕްއަށްވެސް ހުޅުވާލާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.
އިންޓާންޝިޕް ފުރުސަތުތައް:
- ގްރެޖުއޭޓް އިންޓާންޝިޕް: 15 ބައިވެރިންނަށް، ބޭންކުގެ އެކި ޑިވިޝަންތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ
- ޓެކް ސްޓާޓް އިންޓާންޝިޕް: 10 ބައިވެރިންނަށް، ބޭންކުގެ ޓެކްނޮލޮޖީ ޑިވިޝަންގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ
އެ ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް އިންޓާންޝިޕް މުއްދަތުގައި ދެވޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ މި އަހަރުގެ ގްރެޖުއޭޓް އިންޓާންސްއަށް ކޮންމެ މަހަކު ލިބޭ އެލަވަންސް 9،000 ރުފިޔާއަށް ބޮޑުކޮށްފައިވާނެ ކަމަށާއި ޓެކް ސްޓާޓް އިންޓާނުންނަށް މަހަކު 11،000 ރުފިޔާގެ އެލަވަންސެއް ލިބޭނެކަމަށް ބީއެމްއެލުން ބުންޏެވެ.
އަދި ބުނީ 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭންކުން 77 އިންޓާންސްއަށް ތަޖުރިބާގެ ފުރުސަތު ފަހިކޮށްދީފައިވާ އިރު، އޭގެ ތެރެއިން ބައެއް އިންޓާނުންނަށް ބޭންކުގެ ދާއިމީ ވަޒީފާގެ ފުރުސަތުވެސް ލިބިފައިވާ ކަމަށެވެ.
އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް މިމަހުގެ 30 ގެ ކުރިން އޮންލައިންކޮށް ހުށަހެޅޭނެކަމަށް ބީއެމްއެލުން ބުންޏެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް