އެޑިޓަރުންގެ ޖަމިއްޔާ ކަމަށްވާ "އެޑިޓާސް ގިލްޑު"ގެ ރައީސްގެ މަގާމުން ނޫސްވެރިޔާ ހިރިގާ އަހުމަދު ޒާހިރު އިސްތިއުފާ ދެއްވައިފިއެވެ.

ހިރާގާ ޒާހިރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން އެޑިޓާސް ގިލްޑުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެޑިޓާސް ގިލްޑުގެ ހިންގާ ކޮމިޓީ ގިނަ މެންބަރުން ތިއްބެވީ މި ސަރުކާރުގެ އިސް މަގާމުތަކުގައި ކަމަށްވުމުން އެ ޖަމިއްޔާ ޕެރަލައިޒްވެފައިވާ ކަމަށެވެ.

މީޑިއާއި ނޫސްވެރިންނަށް މިހާރު ކުރިމަތިވަމުންދާ ކަންކަމާ ދެކޮޅަށް އެ ޖަމިއްޔާއިން އެއްޗެކޭ ނުބުނެ އޮތުމަކީ އޭނާގެ ޒަމީރު ގަބޫލުކުރާކަމެއް ނޫން ކަމަށް ހިރިގާ ޒާހިރު ވިދާޅުވިއެވެ.

އެހެންވެ މަގާމުން އިސްތިއުފާދެއްވާ ކަމަށް ހިރިގާ ޒާހިރު ވިދާޅުވިއެވެ.

އެޑިޓާސް ގިލްޑަކީ މީގެ ހަތަރު އަހަރު ކުރިން އުފެއްދި ޖަމިއްޔާއެކެވެ.