އިރާނުގެ ނިއުކްލިއާ ސައިޓުތައް އިންސްޕެކްޓަރުންނަށް ހުޅުވާލަން މަސައްކަތް ފަށައިފިއެވެ.

އިރާނުގެ އޮފިޝަލުން ވަނީ އެގައުމުގެ ނިއުކްލިއާ ސައިޓުތައް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީގެ އިންސްޕެކްޓަރުނަށް ހުޅުވާލުމާ މެދު ގޮތެއް ނިންމާ ކަމަށް ބުނެފައެވެ.

އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާޗީ އިސްވެ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ ބައްދަލުވުމުގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ސެކިއުރިޓީ ކޮމެޓީއާ ބައްދަލުކުރުމަށް ނިންމާފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ.

އަރާޗީ ވަނީ މިސްރުގައި އައިއޭއީއޭގެ އޮފިޝަލުންނާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރިޔަށް ގެންދިއުމާ މެދު ގޮތެއް ނިންމަވައިފައެވެ.

އަރާޗީ ވަނީ އައިއޭއީއޭއިން ނިންމި ކަމުގައި ވީނަމަވެސް އެމީހުންނަށް ހުއްދަ ދެވޭނީ އެގައުމުގެ ބުޝޭހް ނިއުކްލިއާ ޕަވާ ޕްލާންޓަށް ވަނުމަށް އެކަންޏެވެ.