ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މިއަހަރުގެ ދުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ހަތަރު އުމުރުފުރާއެއްގެ ޖުމުލަ 1000 އަށްވުރެ ގިނަ ކުދިން ބައިވެރިވި މި ދުވުން ބޭއްވީ އިއްޔެ ހަވީރު ހުޅުމާލޭގައެވެ.
އެ ދުވުމުގެ އުމުރުފުރާތައް:
- 2 އަހަރާއި 3 އަހަރާ ދެމެދު
- 4 އަހަރާއި 6 އަހަރާ ދެމެދު
- 7 އަހަރާއި 9 އަހަރާ ދެމެދު
- 10 އަހަރާއި 16 އަހަރާ ދެމެދު
ވާއު ކިޑްސް ރަންގައި ބައިވެރިވި ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު މެޑަލް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބޭންކުގެ އޮފިޝަލުންނެވެ.
ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ކުޑަކުދިންނާއި ބެލެނިވެރީންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބޭ ދުވުމެކެވެ. އެ އިވެންޓުގެ މަގުސަދަކީ ޖިސްމާނީ ދުޅަހެޔޮކަމާއި ދުޅަހެޔޮ ދިރިއުޅުމުގެ މުހިންމުކަން ފާހަގަކޮށް، އާއިލާތަކަށް އެފަދަ އާދަތައް އަށަގެންނެވުމަށް ހިތްވަރުދިނުމެވެ.
ފާތިމަތު ލިއުޝާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް