ނޭޕާލްގެ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 51 އަށް އަރައިފިއެވެ.
ނޭޕާލްގައި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ޖެންޒީއިން އިސްނަގައިގެން ކުރިއަށްގެންދިޔަ ބޮޑެތި މުޒާހަރާތަކުގެ ސަބަބުން ސަރުކާރަށް ޕްރެޝަރު ބޮޑުވެ، ބޮޑުވަޒީރު ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ނޭޕާލްގެ މުޒާހަރާތައް ހޫނުވެ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތައް ހިނގައި މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއިން 51 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.
ނޭޕާލްގެ ހެލްތު މިނިސްޓްރީން ބުނީ އެ މުޒާހަރާތަކުގައި ބަޑިން ހަމަލާދީގެން 30 މީހުން މަރުވެފައިވާ ކަމަށާއި 21 މީހަކު މަރުވެފައިވަނީ އެހެނިހެން އަނިޔާތަކުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށެވެ.
މަރުވި މީހުންގެ ތެރޭގައި ނޭޕާލް ފުލުހުންގެ ތިން މީހަކު ހިމެނޭ އިރު، އިންޑިއާއަށް ނިސްބަތްވާ މީހަކުވެސް ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެެ. މަރުވި 51 މީހުންގެ ތެރެއިން 36 މީހެއްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ހޮސްޕިޓަލުގައިވާ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު