ނޭޕާލުގެ ޖަލުތަކުން ފިލި 13،000 މީހުން ހޯދަން ފަށައިފިއެވެ.
ނޭޕާލްގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރިޔަށް ގެންދިޔަ ބޮޑެތި މުޒާހަރާތަކުގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު، ވެރިރަށް ކަތަމަންޑޫގައި ހުންނަ ޖަލުތައް ފަޅާފައިވާ އިރު، އެތައް ހާސް ގައިދީންނެއް ވަނީ ފިލައިފައެވެ.
ނޭޕާލްގެ ސަރުކާރު ބާރު ކެނޑި އެގައުމު ހުއްޓުމަކަށް އައިސްފައިވާ އިރު، ގައުމު ހަމަޔަކަށް އެޅުމުގެ މަސައްކަތް މިލިޓަރީއިން ވަނީ ފަށައިފައެވެ. އެގޮތުން މުޒާހަރާ ކުރި ދުވަސްތަކު ޖަލުތަކުން ފިލި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
އޮފިޝަލުން ވަނީ އިއްޔެއާ ހަމައަށް 200 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި 13،000 އަށްވުރެ ގިނަ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ނޭޕާލްގެ މިލިޓަރީއިން ނެރުނު ބަޔާނުގައި ބުނީ އިންޑިއާ އާއި ނޭޕާލް ގުޅޭ ބޯޑަރު ސަރަހައްދުންވެސް ބައެއް މީހުން ހައްޔަރު ކޮށްފައިވާ ކަމަށާއި އެމީހުން ހައްޔަރުކުރީ އިންޑިއާ ބޯޑަރުގެ ސިފައިން ކަމަށެވެ.
ނޭޕާލްގެ މިލިޓަރީއިން ވަނީ މުޒާހަރާގެ ބައިވެރިން ލޫޓުވާލާފާއިވާ 100 އަށްވުރެ ގިނަ ހަތިޔާރު ހޯދައި އިތުރު ހަތިޔާރުވެސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް