ނޭޕާލްގެ ވަގުތީ ސަރުކާރާ ހަވާލުވާނީ ސުޝިލާ ކާކީ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ނޭޕާލުގެ ޖެންޒީއިން އިސްނަގައިގެން އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރި ބޮޑު މުޒާހަރާތަކުގެ ސަބަބުން ސަރުކާރު ފަހަތަށްޖެހި އެންމެ އިސް ފަރާތްތައް ވަނީ އިސްތިއުފާދީ ގައުމު ހުސްކަމަކަށް ގެނެސްފައެވެ.
ނޭޕާލުގެ މުޒާހަރާތައް ލީޑުކޮށްފައިވާ ޖެންޒީގެ ތާއީދު ލިބިފައިވާ އެގައުމުގެ ކުރީގެ ޗީފް ޖަސްޓިސް ސުޝިލާއާ، ގައުމު މިވަގުތަށް ގައުމު ހަމަމަގަށް އަޅުވައި ކޮޅަށް ޖެހުމަށް މަސައްކަތް ކުރުމަށް ވަގުތީ ސަރުކާރާ ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިހާރު ރިޓަޔާ ކޮށްފައިވާ އުމުރުން 73 އަހަރުގެ ސުޝިލާ ކާކީ އާ ސަރުކާރު ހިންގުން ހަވާލުކުރުމަށް ޖެންޒީގެ އިތުރުން އެގައުމުގެ އާމީގެ ތާއީދުވެސް ލިބިފައިވާ ކަމަށް ޖެންޒީ މުޒާހަރާގެ އެންމެ އިސް އެއް ފަރާތްތަކަމަށްވާ އޮޖަސްވީ ރާޖްއާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.
އޮޖަސްވީ ވަނީ އާސަރުކާރު އެކުލަވާލި ނަމަވެސް އެގައުމުގެ ގާނޫނު އަސާސީ އުވާނުލާނެ ކަމަށް ފާހަގަކޮށްފައެވެ. އޭނާ ވަނީ ނޭޕާލްގެ މަޖިލީސް އެއްކޮށް އުވާލުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.
ނޭޕާލްގެ ސަރުކާރާ ދެކޮޅަށް ފާއިތުވެދިޔަ ދެ ހަފުތާއެއްހާ ދުވަސްތެރޭ ކުރިޔަށްދިޔަ މުޒާހަރާތައް ހޫނުވެ ހަމަނުޖެހުންތައް ހިނގައި 34 މީހުން މަރުވެފައިވާ އިރު 1300 އަށްވުރެން ގިނަ މީހުންނަށް އަނިޔާވެ ފަރުވާ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް